ހުޅުމާލޭގައި ޒަމާނީ ސިނަމާއެއް އަޅަން ބޭރުގެ އިންވެސްޓަރުން ތިބީ ތައްޔާރަށް: މިނިސްޓަރު

ސަން

15 ޖުލައި 2025 | އަންގާރަ | 10:09

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް އެޅުމަށް ޓަކައި ބޭރުގެ އިންވެސްޓަރުންނާ ވާހަކަ ދައްކާފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ރޭ ވިދާޅުވެއްޖެއެވެ.

"އަހާ ފޯރަމް"ގައި ވާހަކަ ދައްކަވަމުން އަސްވާޑު ވަނީ މާލޭގައި ހުންނަ އޮލިމްޕަހުގެ ހާލަތަށް އަލިއަޅުވައިލައްވައިފައެވެ. އޭނާ އެތަން ސިފަކުރީ "ކިރިޔަ ކިރިޔާ ނުގޮވައި އޮތް ބޮމެއް"ގެ ގޮތުގައެވެ.

އެ ތަނުގެ ޖާގަ ކުޑަކަމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން، ފިލްމު ޕްރޮޑިއުސަރުންނަށް އެ ކަމުން އާމްދަނީ ހޯދުމަށްހުރި ދަތިތައް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެން ކަން އޮއްވައި، އޮލިމްޕަސް މަރާމާތު ކުރުމަށް ބަންދުކޮށްފިނަމަ، ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް