ޑޮލަރެއްގެ އަގު 20އަށް އެރިއިރުވެސް ގަވަރުނަރު ހަނުހުންނެވުމުން ފާޑުކިޔުން
ސަން
15 ޖުލައި 2025 | އަންގާރަ | 11:38
ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އަރައިގެން ދިޔައިރު ވެސް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ހަނު ހުންނެވުމުން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ނުރުހުން ފާޅުކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދު ހުށަހެޅުއްވި 'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ' ބިލަށް ބަހުސްކުރައްވައި އައްބާސް ވިދާޅުވީ މިއަދު ގައުމުގެ އިގްތިސޯދީ ހާލަތު އޮތް ގޮތުން އެފަދަ އޮފީހެއް އުފެއްދުމާ އޭނާ ދެކޮޅު ކަމަށެވެ. ކޮންމެ ގާނޫނެއް ގެނަޔަސް، އެ ގާނޫނެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނީ ގައުމުގެ އިގްތިސޯދީ ހާލަތު ރަނގަޅުވެގެން ކަމަށް އައްބާސް ވިދާޅުވިއެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް -- ފޮޓޯ/ މަޖިލިސް