އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންގެ މަސައްކަތު ވަގުތުން ދެ ގަޑިއިރު މަދުކޮށްފި
ސަން
15 ޖުލައި 2025 | އަންގާރަ | 12:25
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސެކަމް) އޮފިސަރުންގެ މަސައްކަތު ވަގުތުން ދެ ގަޑިއިރު އުނިކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސިވިލް ސާވިސްގެ ދަށުން މަސައްކަތްކުރާ އޭވްސެކަމް އޮފިސަރުންގެ މަސައްކަތު ގަޑިއާއި، ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވައިދަށް ގެނައި އެއްވަނަ އިސްލާހުގައެވެ.
މި އިސްލާހުގައި ވަނީ އޭވްސެކަމް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ އަށްގަޑިއިރު ކަމަށް ބުނާ މާއްދާ، ހަ ގަޑިއިރަށް އިސްލާހުކޮށްފައެވެ.