ހުޅުމާލޭ ފްލެޓެއްގައި ރޯވުން: ކެއުމާއި ވަގުތީ ބޯހިޔާވަހިކަމަށް 28،000 ރުފިޔާ ޚަރަދުކޮށްފި
ސަން
15 ޖުލައި 2025 | އަންގާރަ | 6:15
ހުޅުމާލޭގައި މިދިޔަ އާދިއްތަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 19 މީހަކަށް ކެއުން ހަމަޖައްސައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 28،000އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.
އަލިފާނުގެ ހާދިސާ ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ, އަޒީޒާ މިސްކިތް ކައިރީގައި ހުރި 94 ނަންބަރު ފުލެޓުގެ އެޕާޓްމަންޓަކަށެވެ. އެއީ، 11 ބިދޭސީން ދިރިއުޅޭ އެޕާޓްމަންޓެކެވެ. އަލިފާން ރޯވިއިރު އެ ތަނުގައި އެއްވެސް މީހަކު ނެތެވެ.
އަލިފާނުގެ ހާދިސާގައި އެ ތަނަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.