މުއްދަތަށް މަސައްކަތް ނުނިމުނު، ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީ ހުޅުވުން އަންނަ އަހަރަށް
ސަން
15 ޖުލައި 2025 | އަންގާރަ | 11:55
ފުވައްމުލަކު ސިޓީގައި ތަރައްގީކުރާ ގައުމީ ދަނޑުވެރިކަމުގެ ލެބޯޓަރީގެ މަސައްކަތް ނިންމައި، އަންނަ އަހަރު އެ ތަނުގެ މަސައްކަތްތައް ފެށޭނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.
މި ލެބު އެޅުމަށް ކޮންޓްރެކްޓަރާއެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަަހަރުތެރޭ ނިންމާގޮތަށް ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އެތަން އެޅުމަށް 11 މިލިޔަން ރުފިޔާ ސަރުކާރުން ޚަރަދު ކުރާއިރު، މި ލެބޯޓަރީއަށް ބޭނުންވާ އިކުއިޕްމަންޓްތައް މިހާރުވަނީ ގަނެ، ފުވައްމުލަކަށް ސަޕްލައިކޮށް ނިންމައިފައެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު"ގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ނައިބު، އިސްމާއީލް މުހައްމަދު ވިދާޅުވީ ލެބުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިޔަށްދާ ކަމަށާއި، މަސައްކަތްކުރަނީ އަންނަ އަހަރުގެ ތެރޭ އެތަން އެއްކޮށް ނިންމައި، ބޭނުން ކުރަން ފެށޭވަރު ކުރަން ކަމަށެވެ.