މަސައްކަތު ވަގުތުން 2 ގަޑިއިރު މަދު ކުރިޔަސް އެއްވެސް ޚިދުމަތަކަށް ބުރުލެއް ނާރާނެ: އޭވްސެކަމް

ސަން

16 ޖުލައި 2025 | ބުދަ | 11:16

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސެކަމް) އޮފިސަރުންގެ މަސައްކަތު ވަގުތުން ދެ ގަޑިއިރު އުނިކުރި ނަމަވެސް ދެވޭ އެއްވެސް ޚިދުމަތަކަށް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ސިވިލް ސާވިސްގެ ދަށުން މަސައްކަތްކުރާ އޭވްސެކަމް އޮފިސަރުންގެ މަސައްކަތު ގަޑިއާއި، ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވައިދަށް ގެނައި އެއްވަނަ އިސްލާހުގައި އޮތީ ރަސްމީ މަސައްކަތު ވަގުތަކީ އަށްގަޑިއިރު ކަމަށް ބުނާ މާއްދާ، ހަ ގަޑިއިރަށް އިސްލާހުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން 'ސަން' އަށް މައުލޫމާތުދެމުން އޭވްސެކަމްއިން ބުނީ އެ ކުންފުނީގެ މަސައްކަތު ވަގުތަކީ ހަ ގަޑިއިރު ނަމަވެސް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބެލުމަށްފަހު މުވައްޒަފުންގެ މަސައްކަތުގެ ވަގުތު އިތުރުކުރަން ޖެހިއްޖެ ހާލަތުގައި އިތުރު ވެސް ކުރާނެ ކަމަށެވެ. މިސާލަކަށް ޕީކް ސީޒަނާ ދިމާކޮށް އެއާޕޯޓު ބާރުބޮޑުވާނަމަ އެ ވަގުތަކަށް ޚިދުމަތް އެންމެ ފުރިހަމައަށް ދެވޭނެ ގޮތަކަށް މުވައްޒަފުންގެ ޑިއުޓީ ރޯސްޓާ އަޅާނެ ކަމަށް ބުންޏެވެ.

މައުޟޫޢުތަށް