ފުލުހުންނަށް ކުރި ޚަރަދު ހަ ޕަސެންޓު އިތުރު، އެމްއެންޑީއެފްގެ ޚަރަދު 27 ޕަސެންޓު ދަށަށް

ސަން

16 ޖުލައި 2025 | ބުދަ | 8:22

ދައުލަތުގެ ބަޖެޓުން ދިވެހި ފުލުހުންގެ ޚިދުމަތަށް ކުރި ޚަރަދު ހަ ޕަސެންޓުން އިތުރުވެފައިވާއިރު، އެމްއެންޑީއެފަށްކުރި ޚަރަދު 27 ޕަސެންޓުން ދަށްކޮށްފިއެވެ.

މި އަހަރަށް ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުން ފުލުހުންގެ ޚިދުމަތަށް ޖުމްލަ 2.7 ބިލިއަން ރުފިޔާ ކަނޑައެޅިއިރު، އެމްއެންޑީއެފަށް ދީފައިވަނީ 2.1 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ފުލުހުންގެ ޚިދުމަތަށް ދައުލަތުން ޚަރަދުކުރީ 1.1 ބިލިއަން ރުފިޔާއެވެ. އެއަށްވުރެ 200 މިލިއަން އިތުރަށް، މި އަހަރުގެ ޚަރަދު 1.2 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ ހަ ޕަސެންޓުގެ އިތުރުވުމެކެވެ.

މައުޟޫޢުތަށް