އިއްޔެ ނިޝާން އިއްޒުއްދީންގެ އިއްޒަތް ލިބިވަޑައިގެން ސޯބިރު އަވަހާރަވެއްޖެ
ސަން
28 ޖުލައި 2025 | ހޯމަ | 8:49
ޓޫރިޒަމް މިނިސްޓަރުގެ މަގާމު ހަ އަހަރު ފުރުއްވި، ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ޙަސަން ސޯބިރު، 74އ، މިއަދު އަވަހާރަވެއްޖެއެވެ.
އޭނާއަށް ވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ޝަރަފު ވެސް އިއްޔެ އަރުވައިފައެވެ.
ސޯބިރު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ކުރައްވާތާ ގިނަ ދުވަސްތަކެއްވީ ފަހުން މިއަދު ހެނދުނު 7:31 އެހާކަންހާއިރު ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.