ނުރައްކާ ބުނެދޭން ފުލުހުން މަގުތަކަށް: ލަސްވުމަށް ވުރެ ފުރާނަ މުހިންމު!

ސަން

17 ޖުލައި 2025 | ބުރާސްފަތި | 11:12

ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ, މުޙައްމަދު އައުޒަމް އެކި ބޭނުންތަކަށް މާލެ އައިސް ގޮސް އުޅޭއިރު އެކްސިޑެންޓެއް ނުފެނި ގެއާ ހަމައަށް ދެވެނީ މަދު ދުވަހަކުއެވެ. ގިނަ ދުވަސް ދުވަހު މަގުމަތީގެ ކޮންމެ ވެސް ހާދިސާއެއް އޭނާއަށް ފެންނާނެއެވެ. އެކަމަކު މިއަދު އޭނާއަށް ފެނުނީ މާ ތަފާތު މަންޒަރެކެވެ. ހުޅުމާލެ ފޭސް ދެއަކުން އެކަކަށް އެރުމަށް ނިރޮޅުމަގުން ދުއްވާފައި ދަނިކޮށް ދެ ފިޔަވަހި ގުޅުވާލަދޭ ބްރިޖު ކައިރިއަށް ނުދެވި އުޅެނިކޮށް ކަންފަތުގައި ޖެހުނީ ކުރީން ނީވޭ އަޑެކެވެ. މީހަކު އަޑުގަދަކުރާއެއް ބޭނުންކޮށްގެން އިލްތިމާސްތަކެއް ކުރަނީއެވެ. އެ ދައްކާ ވާހަކަ ސާފު ނުވެ އުޅެނިކޮށް ދެން ކުއްލިއަކަށް ފެނުނީ, މަގުމަތީ ބާއްވާފައި އޮތް ދެ ސައިކަލެވެ. އޭގެ ކައިރީގައި ޕޯސްޓަރެއް ހިފައިގެން ފުލުހަކު ހުއްޓެވެ. "ލަސްވުމަށް ވުރެން ފުރާނަ މުހިންމު" ފުލުސް މީހާ ހިފައިގެން ހުރި ޕޯސްޓަރުގައި ލިޔެފައި ވަނީ މި މުހިންމު މެސެޖެވެ.



"އެ ޕޯސްޓަރަށް ބަލަން ހަދައިގެން ކުރިމަތީ އޮތް ކާރަށް ނޭރީ ކިރިޔާ" ސަކަ މިޒާޖުގެ އައުޒަމް ބުންޏެވެ.

މައުޟޫޢުތަށް