އިސްތަންބޫލްގައި އޮންނަ ހަލާލް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހީންނަށް
ސަން
17 ޖުލައި 2025 | ބުރާސްފަތި | 11:59
ތުރުކީގެ އިސްތަންބޫލުގައި އަންނަ ނޮވެންބަރު މަހު ބާއްވާ 'ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025'ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހީންނަށް ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، 11 ވަނަ ވޯލްޑް ހަލާލް އެކްސްޕޯއާއި ސަމިޓް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ނޮވެންބަރު މަހުގެ 26އިން 29އަށް ކަމަށެވެ.
އެ ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިއޯސީ)ގެ ޖެނެރަލް ސެކްރެޓޭރިއެޓްއިން ވަނީ، އެ އެކްސްޕޯގައި ދިވެހި އުފެއްދުންތައް ދައްކާލުމާއި، ގަނެ ވިއްކުމުގެ ފުރުސަތު، ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.