ހުޅުމާލޭގައި އިމާރާތްކުރާ ޑީޖޭއޭގެ ވަގުތީ އިމާރާތް މިމަހު ހުޅުވަނީ
ސަން
17 ޖުލައި 2025 | ބުރާސްފަތި | 12:29
ހުޅުމާލޭގައި އިމާރާތްކުރާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެނެކްސް އިމާރާތް، މިމަހު ފަހުކޮޅު ހުޅުވަން ތައްޔާރުވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
މިއީ ކޯޓުތައް ހިންގަން އަޅާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އަޅާ އިމާރާތެކެވެ.
ޑީޖޭއޭގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މި އިމާރާތް ހުޅުވަނީ، ހުޅުމާލޭގައި ހުންނަ ޓްރީޓްޕް ހޮސްޕިޓަލުގެ ކުރިމަތީގައި ކަމަށެވެ. މި އިމާރާތުގެ ސަބަބުން ޑީޖޭއޭގެ މުވައްޒަފުންނާއި ފަނޑިޔާރުންގެ މަސައްކަތަށް ގިނަ ފަސޭހަތަކެއް ލިބޭނެކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.