ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދައެރުމުގެ ފުރުސަތު އެބައޮތް، ސަމާލުވޭ

ސަން

17 ޖުލައި 2025 | ބުރާސްފަތި | 2:02

މޫސުން ގޯސްވެ، މުޅި ރާއްޖެއަށް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ، 14:00އިން 18:00އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެ، އުދަ އެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން މިއަދު މާލެ ސަރަހައްދުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ކަނޑު ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓަށް އެރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މައުޟޫޢުތަށް