ސީއެމްސީސީގެ ރައްދު: މަސައްކަތް ހުއްޓެނީ ފައިސާ ނުދޭތީއާއި އެއްބާރުލުން ނުލިބޭތީ

ސަން

17 ޖުލައި 2025 | ބުރާސްފަތި | 5:39

ގިރާވަރު ފަޅާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކަން ހަވާލުކޮށްފައި އޮތް ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ ގުޅޭ ގޮތުން މިދިޔަ ހޯމަ ދުވަހުގެރޭ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ދެއްކެވި ވާހަކައަށް އެ ކުންފުނިން ރައްދުދީފިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި، ގިރާވަރުފަޅުން 160 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރި ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނާއި، ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރި އެޗްޑީސީން އެ މަސައްކަތް ހަވާލުކުރީ ސީއެމްސީސީއަށެވެ. އެކަމަކު މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ވުމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

މި މަޝްރޫއުތައް ހުއްޓިފައި އޮންނާތީ މިދިޔަ ހޯމަ ދުވަހުގެރޭ "އަހާ" ފޯރަމްގައި މީހަކު މުއްތަލިބާ ކުރި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން އެއްބަސްވުން ހަދާފައިވާ ގޮތުން އެޑްވާންސް ފައިސާ ލިބުމަށް ފަހު ކުރާ ކޮންމެ މަސައްކަތަކަށް ފައިސާ ދިނުމަށް ކޮންޓްރެކްޓަރު އެދެމުން ދިޔަ ކަމަށާއި، އެހެންވެ ފުރަތަމަ އެޑްވާންސްގެ ގޮތުގައި 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ދިނުމަށް ފަހު، އޭގެ އިތުރަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ދީފައިވާނެ ކަމަށެވެ.

މައުޟޫޢުތަށް