އެޗްޑީސީގެ ފްލެޓަށް ކުލި ނުދައްކާނަމަ ލޯނު ނުލިބޭ ގޮތް ހަދަައިފި

ސަން

17 ޖުލައި 2025 | ބުރާސްފަތި | 8:11

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފްލެޓުތަކުގެ ކުލި ނުދައްކާ ފަރާތްތަކަށް އެއްވެސް ބޭންކަކުން ލޯނު ނުލިބޭ ގޮތަށް ހަދައިފިއެވެ.

މިކަން އިއުލާނުކޮށް އެޗްޑީސީން މިއަދު ބުނީ މަރުކަޒީ ބޭންކު (އެމްއެމްއޭ)ގައި ގާއިމްކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމުގައި އެ ކުންފުނިން ބައިވެރިވެފައިވާ ކަމަށެވެ. އެ ގޮތުން މި އަހަރުގެ މާރިޗުން ފެށިގެން އެ ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންގެ ކްރެޑިޓާބެހޭ މައުލޫމާތު، "ކްރެޑިޓް އިންފިމޭޝަން ސިސްޓަމްގެ ގަވާއިދު"އާ އެއްގޮތަށްވާ ގޮތުގެ މަތިން އެ ސިސްޓަމަށް އަޕްޑޭޓް ކުރެވެމުންދާނެ ކަމަށް ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، މި ބަދަލާއެކު އެ ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަަމަރުންނަށް އެއްވެސް އެހެން މާލީ އިދާރާއަކުން ކްރެޑިޓެއް ދޫކުރުމުގެ ކުރިން، ނުވަތަ ރީސްޓްރަޗްކާ ކުރުމުގެ ކުރިން، ނުވަތަ އައު ކުރުމުގެ ކުރިން ނުވަތަ އިތުރުކޮށްދިނުމުގެ ކުރިން، ސިސްޓަމްގައިވާ މައުލޫމާތަށް ބިނާކޮށް، މާލީ އިދާރާތަކުން އެ ފަރާތްތަކުގެ ކްރެޑިޓް އިވެލުއޭޓް ކުރަމުން ގެންދާނެ ކަމަށެވެ.

މައުޟޫޢުތަށް