މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްސަ އައު ގައުމީ ބްރޭންޑު 'ފްރޮމް މޯލްޑިވްސް' ތައާރަފުކޮށްފި

ސަން

17 ޖުލައި 2025 | ބުރާސްފަތި | 10:47

"ފްރޮމް މޯލްޑިވްސް"ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްސަ އައު ގައުމީ ބްރޭންޑެއް ދިވެހި ސަރުކާރުން ތައާރަފުކޮށްފިއެވެ.

މިއަދު އިނގިރޭސި ވިލާތުގައި ބޭއްވި ޔޫކޭ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރަސްމީކޮށް މި ބްރޭންޑް އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިއީ ދިވެހި މަސްވެރިކަމުގެ ސިނާއަތް ބައިނަލްއަގުވާމީ މައިދާނުގައި ތަމްސީލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ލޯގޯއެއް އެކުލެވޭ މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖްތިމާޢީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާއަތެއް ކަމަށެވެ.

މައުޟޫޢުތަށް