ބުރަފަތީގައި ޖެހުނު ކުޑަކުއްޖާގެ މަރުގެ ތަހުގީގަށް ދަރިވަރުންނާއި މުދައްރިސެއްގެ ބަޔާން ނަގައިފި

ސަން

18 ޖުލައި 2025 | ހުކުރު | 5:47

އދ. ދިގުރަށުގައި މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަޚަމްވެގެން ނިޔާވި، ސިންގަޕޫރަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ ކުޑަކުއްޖާގެ މަރުގެ ތަހުގީގަށް، މުދައްރިސަކާއި ބައެއް ދަރިވަރުންގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ނޮވެމްބަރު އަށްވަނަ ދުވަހު ދިގުރަށުގައި ސްނޯކްލިންއަށް ގޮސް އުޅުމުގެ ތެރޭގައި ބޯޓު ޕްރޮޕެލާއަކުން ޖެހި ނުރައްކާތެރި ޒަޚަމްތަކެއް ލިބުނު ސިންގަޕޫރުގެ ދަރިވަރެއް ކަމަށްވާ ޖެނާ އާރިއަން ޗަން ޒީ-އެން މަރުވި ހިތާމަވެރި ހާދިސާގެ ފުރިހަމަ ތަހުގީގެއް ފުލުހުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ ވޭލް ޝާކްއާ ގުޅޭ ދިރާސާއެއް ހަދަން ސްޓަޑީ ޓުއާއެއްގައި ގޮސް އުޅެނިކޮށެވެ.

މައުޟޫޢުތަށް