ނުދާން ހުރެ ދިޔަ ދަތުރުގައި ބަންޑުން ޖަހައިލީ ޑިންގީ، އިނީ ސަލާމަތްވޭތޯ ދުއާކޮށްލަކޮށްލައި
ސަން
18 ޖުލައި 2025 | ހުކުރު | 10:15
މާލެއަށް ނިސްބަތްވާ، މިހާރު ގދ. ހޯނޑެއްދޫގައި ދިރިއުޅޭ އުމުރުން 66 އަހަރުގެ އަލީ ދީދީ މިއަދު ހެނދުނު ޑިންގީއެއްގައި މަހަށް ފުރީ އޭނާގެ އިތުރު އެކުވެރިއަކާ އެކުގައެވެ.
އާންމުކޮށް އޭނާއަކީ ޑިންގީގައި ކަނޑަށް ނިކުމެ އުޅޭ މީހެއް ވެސް ނޫނެވެ. އެހެންވެ ދާން ނުދާން ހުރެފައި ވެސް އޭނާ އެ ދަތުރަށް ނައްޓައިލީ، މިއަދަކީ ހުކުރު ދުވަހަކަށް ވެސް ވުމާއެކުގައެވެ. މަސްވެރިކަން ވެސް ކުރެވޭނެ ކަމަށް ބަލައިގެންނެވެ. އޭނާ ބުނި ގޮތުގައި ހޯނޑެއްދޫއިން ނިކުތީ ހެނދުނު ހައެއް ހާއިރެވެ.
"އެއީ ދެން މީހަކު ބުނެގެން މަސްވެރިކަން ކޮށްލަން ދިޔައީ. މަ ނުވެސް ދަން އާންމުކޮށް," އަލީ ދީދީ ބުންޏެވެ.