ރައީސް، އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފި

ސަން

19 ޖުލައި 2025 | ހޮނިހިރު | 11:26

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކާއި، ތަފާތު ހަރަކާތްތައް ހިމެނިގެން ކުރިއަށްދިޔަ މި ދަތުރުފުޅުވީ، މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުން ދޭ އަހުމިއްޔަތުކަން ފާހަގަކުރެވުނު ދަތުރުފުޅަކަށް ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އިނގިރޭސި ރަސްގެފާނު، ކިންގް ޗާލްސް ތިންވަނަ އާވެސް ބައްދަލުކުރައްވާފައެވެ. ވިންޑްސާ ކާސަލްގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމަކީ ދެ ގައުމުގެ ފަސްދޮޅަސް އަހަރުވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އިސްކަންދޭ މިންވަރު ކަށަވަރުކޮށްދިން ބައްދަލުވުމަކަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް