1.2 މިލިއަން ފަތުރުވެރިން އަތުވެއްޖެ، 9.6 ޕަސެންޓުގެ ކުރިއެރުމެއް
ސަން
19 ޖުލައި 2025 | ހޮނިހިރު | 11:29
މި އަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފިއެވެ.
މިދިޔަ ބުދަ ދުވަހާ ހަމައަށް އަދާހަމަކޮށް، ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުގައިވާ ގޮތުން އެއީ މިދިޔަ އަހަރަށްވުރެ 9.6 ޕަސެންޓުގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުން އެނގޭ ގޮތުގައި މި ހިނގާ ޖުލައިގެ މިހައިތަނަށް ވެސް 94،132 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ ތިން އަހަރާ އަޅައިބަލާއިރު ވެސް އިތުރު އަދަދެކެވެ. އަހަރުގެ މިހައިތަނަށް ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 6،103 ފަތުރުވެރިން ރާއްޖެ އާދެއެވެ.