އެންމެ ދިގު ރަށްތަކުގެ ތެރޭގައި ހިމެނޭ ކެނދިކުޅުދުއަށް، ރައީސްގެ އިސްނެންގެވުމުގެ ދަށުން ދެ ބަސް

ސަން

19 ޖުލައި 2025 | ހޮނިހިރު | 3:08

ނ. ކެނދިކުޅުދޫގެ ސްކޫލް ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ދެ ބަސް އެ ރަށަށް ގެންދިޔުމުގެ މަސައްކަތް ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަފޫ ހާމިދު ވިދާޅުވީ ކެނދިކުޅުދޫ ސުކޫލަށް ދިމާވެފައިވާ ބަހުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން އެ ރަށު ސުކޫލަށް ބޭނުންވާ ދެ ބަސް ގެންދިއުމަށްޓަކައި މިހާރު ލޯޑުކޮށްފައިވާ ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތް ތަނުގައި އެ ޚިދުމަތް ފޯރުކޮށްދޭނީ ސީދާ އެމްޓީސީސީގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް