ތިނަދޫ ކައުންސިލަށް ބިމު ކުލިން 30 މިލިއަން ނުލިބި، ލިސްޓުގައި ސައުދުﷲގެ ނަން ވެސް
ސަން
19 ޖުލައި 2025 | ހޮނިހިރު | 3:37
ތިނަދޫ ސިޓީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި އެކިއެކި ފަރާތްތަކުން 30 މިލިއަނެއްހާ ރުފިޔާ ނުދައްކާ އޮތްއިރު، އޭގެތެރޭގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި ވެސް ހިމެނޭކަން ހާމަވެއްޖެއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސިނާއީ އެކިއެކި މަސައްކަތްތައް ކުރުމަށް ތިނަދޫ ސިޓީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބިމު ކުއްޔާއި، ޖޫރިމަނާގެ ގޮތުގައި އެ ކައުންސިލަށް ނުލިބި 29،954،660.46 ދިވެހި ރުފިޔާ އެބަހުރި ކަމަށެވެ.
އެ ކައުންސިލުން ބުނި ގޮތުގައި ފައިސާ ދެއްކުމަށް އެދި އެސްއެމްއެސް ސިސްޓަމް މެދުވެރިކޮށް ބިން ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ކޮންމެ މަހެއްގެ އެއްވަނަ އަދި 10 ވަނަ ދުވަހު މެސެޖު ފޮނުވައެވެ. އޭގެ އިތުރުން ފައިސާ ނުދައްކާ ފަރާތްތަކަށް ސިޓީ ފޮނުވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.