ބީއެމްއެލްގެ 40ވަނަ ބްރާންޗް ދުވާފަރުގައި ހުޅުވައި ޚިދުމަތްދޭން ފަށައިފި
ސަން
19 ޖުލައި 2025 | ހޮނިހިރު | 8:39
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40ވަނަ ބްރާންޗް ރ. ދުވާފަރުގައި މިއަދު ހުޅުވައިފިއެވެ.
ދުވާފަރުގައި ގާއިމްކުރި ބީއެމްއެލްގެ ބްރާންޗް ހުޅުއްވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ޑެޕިއުޓީ ސީއީއޯ އަދި ސީއޯއޯ ސަހާ ވަހީދު ބައިވެރިވެވަޑައިގެންފައި ވެއެވެ.
ބީއެމްއެލުން ބުނީ، ދުވާފަރުގައި ހުޅުވި ބްރާންޗުން ޚިދުމަތް ދޭނީ އިސްލާމިކް ބޭންކިން ޚިދުމަތްތަކަށް އިސްކަންދީގެން ކަމަށެވެ.