އޮސްޓްރޭލިއަން އަލުމްނައި އަދި އައިޔޫއެމް ގުޅިގެން ތިންވަނަ އިލްމީ ފޯރަމް ބާއްވައިފި

ސަން

20 ޖުލައި 2025 | އާދިއްތަ | 10:42

އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމުގެ ދަށުން، ނުވަތަ އެހެނިހެން ގޮތަކުން އެ ގައުމުގައި މަތީ ތައުލީމު ހާސިލްކުރި ދިވެހި ދަރިވަރުންގެ ޖަމިއްޔާ "މޯލްޑިވްސް އޮސްޓްރޭލިއާ އެލުމްނައި" އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގުޅިގެން ތިންވަނަ އިލްމީ ފޯރަމް މިއަދު ބާއްވައިފިއެވެ.

މި ފޯރަމް ކުރިއަށް ގެންދިޔައީ "އިލްމީ ހޮޅުއަށި"ގެ ނަމުގައެވެ.

މޯލްޑިވްސް އޮސްޓްރޭލިއާ އެލުމްނައި އިން ބުނީ، ދިވެހިރާއްޖޭގެ އޮސްޓްރޭލިއާ އެވޯޑްސް މެދުވެރިކޮށް، އެ ގައުމުގެ ސަރުކާރުގެ އެހީ އާ އެކު ބޭއްވި މި ފޯރަމްގައި ޖުމްލަ 74 ފަރާތަކުން ބައިވެރިވި ކަމަށެވެ. އެގޮތުން މި ފޯރަމްގައި 21 ފަރާތަކުން އެ ފަރާތްތަކުގެ ތަޖުރިބާ އާއި އަމަލީ ހޯދުންތަކާއި އިލްމީ ދިރާސާތައް ހުށަހަޅާފައިވާ ކަމަށް، އެ ޖަމިއްޔާއިން ބުންޏެވެ.

މައުޟޫޢުތަށް