ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިއަހަރު 282.4 މިލިއަން ޚަރަދުކޮށްފި
ސަން
20 ޖުލައި 2025 | އާދިއްތަ | 11:17
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ 'ސްޓޫޑެންޓް ލޯނު'ގެ ގޮތުގައި މިއަހަރު 282.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 982 މިލިއަން ރުފިޔާ ވަނީ ސްޓޫޑެންޓް ލޯނަށް ދޫކޮށްފައެވެ. އެ މުއްދަތުގައި ލޯނު ދޫކުރީ 1،151 ދަރިވަރަކަށެވެ.
އޭގެ ތެރެއިން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 282.4 މިލިއަން ރުފިޔާ ވަނީ ލޯނުގެ ގޮތުގައި ދޫކޮށްފައެވެ. އެއީ 274 ދަރިވަރަކަށެވެ.