ކައުންސިލުން ސާފުކޮށްނުދިނުމުން ބިން ބޭނުމެއް ނުކުރެވުނު، 4 ލައްކަ ރުފިޔާ ދޭކަށް ނުޖެހޭ: ސައުދުﷲ
ސަން
20 ޖުލައި 2025 | އާދިއްތަ | 1:03
ތިނަދޫ ސިޓީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ނުދައްކާ އޮތް ހަތަރު ލައްކަ ރުފިޔާއަކީ ދައްކަންޖެހޭނެ ފައިސާއެއް ނޫން ކަމަށާއި، ކައުންސިލުން ބިން ސާފުކޮށްނުދިނުމުގެ ސަބަބުން މިހާތަނަށް ވެސް ބިން ބޭނުންކުރެވިފައި ނުވާކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލަށް ބިމު ކުލި ނުދައްކާ 50 ފާރާތެއްގެ ނަން ހާމަކޮށްފައެވެ. އެއީ ތިނަދޫ ސިޓީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ބިމު ކުއްޔާއި، ޖޫރިމަނާގެ ގޮތުގައި އެ ކައުންސިލަށް ނުލިބި 29،954،660.46 ދިވެހި ރުފިޔާ ނުދައްކާ ފަރާތްތަކުގެ ލިސްޓެވެ.
://./208784