ކޮއްތު ފައިސާ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރުން: ތުހުމަތުވާ އިސް މީހާ މަސްއޫލިއްޔަތުން ދުރުކޮށްފި
ސަން
20 ޖުލައި 2025 | އާދިއްތަ | 3:28
ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ އަމިއްލަ އެކައުންޓުތަކަށް ކޮއްތު ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައިގައި ހިމެނޭ އިސް މީހާ ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މައްސަލަ މީޑިއާތަކަށް ތިލަވީ މިމަހުގެ އަށްވަނަ ދުވަހެވެ.
ފުލުހުން އޭރު ބުނީ އެ މައްސަލަ ފެންމަތިވުމާއެކު، އެ ފުލުހުން މާލެ ގެނެސް މައްސަލަ ތަހުގީގުކުރަން ފަށާފައި ވާކަމަށެވެ. އޭރު ވެސް އެކަމާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.