ހަޅުތާލު އިއުލާންކުރުމުން، ޓީއެމްއޭއިން ނިންމުން ބަދަލުކޮށް ޑޮލަރުން މުޅި މުސާރަ ދޭން ނިންމައިފި
ސަން
20 ޖުލައި 2025 | އާދިއްތަ | 4:39
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޕައިލެޓުންގެ މުސާރައިގެ 20 ޕަސެންޓް ރުފިޔާއިން ދޭން ނިންމުމުން، މުވައްޒަފުން ހަޅުތާލު ކުރަން ތައްޔާރުވެފައި ވަނިކޮށް އެ ކުންފުނިން ނިންމުން ބަދަލުކޮށްފިއެވެ.
ޓީއެމްއޭގެ ޕައިލެޓުންނަށް މިހާތަނަށް މުސާރަ ދެމުން އައީ މުޅިން ވެސް ޑޮލަރުންނެވެ. ނަމަވެސް އޭގެ ތެރެއިން 20 ޕަސެންޓް މި މަހުން ފެށިގެން ރުފިޔާއިން ދޭން ނިންމައި އެކަން މުވައްޒަފުންނަށް ވަނީ އަންގައިފައެވެ.
އެ މައްސަލައިގައި ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށް، އަންނަ ހޮނިހިރު ދުވަހު މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރާނެކަން އިއުލާންކުރިއެވެ.