3 މަސް ފަހުން މުއުތަސިމްގެ ރިޓަޔާމަންޓް ބަލައިގަނެ، ކޯޓު ހިންގުން ވަގުތީ ގޮތުން ހަމީދަށް

ސަން

20 ޖުލައި 2025 | އާދިއްތަ | 5:19

މިދިޔަ މެއި މަހު މަގާމުން ރިޓަޔާކުރައްވަން ހުށަހެޅުއްވި، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ ރިޓަޔާމެންޓް ބަލައިގަންނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

މުއުތަސިމް ރިޓަޔާ ކުރައްވަން ލިޔުން ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ އަށް ވަނަ ދުވަހެވެ.

ޖޭއެސްސީން ބުނީ، މާދަމާއިން ފެށިގެން ޝަރަފުވެރިކަމާ އެކު މުއުތަސިމް ރިޓަޔާކޮށްދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު ހަމަޖެހެންދެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރަނީ ފަނޑިޔާރު އަބްދުالله ހަމީދަށް ކަމާށް އެ ކޮމިޝަނުން ބުންޏެވެ.

މައުޟޫޢުތަށް