4،000 ފްލެޓު: ސޮއިކުރުމުން މިލްކުކޮށްދީ، ކުލި ކުޑަކުރަން ފަހި ޔޫނިއަނުން ގޮވައިލައިފި

ސަން

20 ޖުލައި 2025 | އާދިއްތަ | 5:56

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރަން ނިންމި 4،000 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ތަން، އަމިއްލަ ނަން މައްޗަށް މިލްކުކޮށްދީ، ތަނުގެ ކުލި ވެސް ކުޑަކުރަން ފަހި ޔޫނިއަން ޖަމިއްޔާއިން މިއަދު ގޮވައިލައިފިއެވެ.

'ފަހި ޔޫނިއަން'އަކީ ފުލެޓާއި ގޯތީގެ މައްސަލައިގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާއެކެވެ.

ފަހި ޔޫނިއަނުން މިއަދު ނެރުނު ބަޔާނުގައި ވަނީ އެ ޔޫނިއަނާއި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ދެމެދު ކުރެވުނުު މުއާމަލާތްތަކުގައި، މިއީ އެހެން ސޯޝަލް ސްކީމްތަކާ ތަފާތު ސްކީމެއްކަމަށް އެ ކޯޕަރޭޝަނުން ބުނާކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މައުޟޫޢުތަށް