38.5 މިލިއަން ރުފިޔާއަށް ކުޑަފަރީއާއި މާފަރު ސިއްހީ މަރުކަޒުގެ މަސައްކަތް ކޮންޓްރެކްޓުކޮށްފި

ސަން

20 ޖުލައި 2025 | އާދިއްތަ | 10:33

ޖުމްލަ 38.5 މިލިއަން ރުފިޔާއަށް ނ. މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމާއި، ނ. ކުޑަފަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކޮންޓްރެކްޓަރުންނާ މިއަދު ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާ، ޖުމްލަ 10،900،000.93 ރުފިޔާއަށެވެ. މިއީ 450 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތެކެވެ.

މިނިސްޓްރީގެ ފަރާތުން އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޢަބްދުﷲއެވެ. /ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުޙައްމަދު އާރިފެވެ.

މައުޟޫޢުތަށް