އުއްތަމަ ފަނޑިޔާރު މުއުތަސިމް ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވައިފި
ސަން
21 ޖުލައި 2025 | ހޯމަ | 12:41
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ވަޑައިގަތްތާ ހަ އަހަރު ފަހުން، ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދު ރިޓަޔާކުރައްވައިފިއެވެ.
މުއުތަސިމް ރިޓަޔާ ކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ އަށް ވަނަ ދުވަހެވެ.
ޖޭއެސްސީން މިއަދު ބުނީ ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގެ ދަށުން އުއްތަމަ ފަނޑިޔާރު މުއުތަސިމް މިއަދުން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްދިނުމަށް އެ ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.