ފަގީރުންގެ ބޭސް ފަރުވާއަށް އެންމެ ބޮޑު ޚަރަދެއް ކެންސަރަކަށް, މި އަހަރު ދެ މިލިއަން ރުފިޔާ
ސަން
21 ޖުލައި 2025 | ހޯމަ | 2:28
ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން މިދިޔަ މަހުގެ ނިޔަލަށް, މިއަހަރު ފަގީރުންގެ ބޭސް ފަރުވާއަށް އެންމެ ބޮޑު ހޭދައެއް ކުރީ ކެންސަރަށް ކަމަށް, އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސްއިން މިއަދު އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ ނިޔަލަށް މިއަހަރު ވަނީ ފަގީރުންނާއި މިސްކީނުންނަށް, މުދަލު ޒަކާތުގެ ފައިސާގެ ތެރެއިން 14 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.
ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް ކުރި ޚަރަދުތަކަށް ބަލާއިރު ޖުމުލަ 594 މީހެއްގެ ބޭސްފަރުވާއަށް ވަނީ 9.6 މިލިއަން ރުފިޔާ ހަމަޖައްސައިފައެވެ. އެގޮތުން މިއަހަރު ކެންސަރު ބައްޔަށް އެކަނި 2.4 މިލިއަން ރުފިޔާގެ އެހީ ދީފައިވެއެވެ. ޓްރާންސްޕްލާންޓްގެ ފަރުވާއަށް 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ދެން އެންމެ ބޮޑު އެއްޗެއް ހޭދަ ކޮށްފައިވަނީ ސިކުނޑީގެ ބަލިތަކަށެވެ. އެއީ ނުވަ ލައްކަ ރުފިޔާއެެވެ. މީގެ އިތުރުން ވެސް އެކިއެކި ބަލިތަކަށް ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ.