މީރާއާއި، ހޯނޑެއްދޫ ކައުންސިލުގެ މުވައްޒަފުންނަށް ބަހުގެ އެކެޑަމީގެ ކޯސް ހިންގައިފި

ސަން

21 ޖުލައި 2025 | ހޯމަ | 7:36

ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯހެއް ދިވެހިބަހުގެ އެކެޑަމީއިން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާއި ގދ. ހޯނޑެއްދޫ ކައުންސިލާއި އެ ރަށުގައި ހުންނަ ދައުލަތުގެ އިދާރާތަކުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ބުނީ، މީރާގެ މުވައްޒަފުންނަށް ބޭއްވި ކޯސް ކުރިއަށް ގެންދިޔައީ މި މަހު 13އިން 17އަށް މާލޭގައި، މީރާގައި ކަމަށެވެ. ދިހަ ގަޑިއިރުގެ މި ކޯހުގައި ކިޔަވައިދެއްވީ ދިވެހިބަހުގެ ގަވާއިދާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތް ކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތަކެވެ.

މި ކޯހުގައި މީރާގެ ޖުމްލަ 21 ބައިވެރީން ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ.

މައުޟޫޢުތަށް