ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި
ސަން
21 ޖުލައި 2025 | ހޯމަ | 5:25
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނ. ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް މިއަދު ފައްޓަވައިދެއްވައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އާރްޓީއެލް ބަހުގެ ޚިދުމަތް ކެނދިކުޅުދޫގައި ރަސްމީކޮށް މިއަދު ފައްޓަވައިދެއްވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ކެނދިކުޅުދޫގެ ސްކޫލް ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން އެމްޓީސީސީގެ ދެ ބަސް އެ ރަށަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހެވެ.