އެމްޑީޕީގެ "ރަންރީނދޫ" ދުވުން ހުކުރުދުވަހު، މާރިޔާ ވިދާޅުވީ މިއީ "ރައްޔިތުންގެ ދުވުމެއް" ކަމަށް
ސަން
21 ޖުލައި 2025 | ހޯމަ | 11:40
އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ހަވީރު ބާއްވާ 'ރަންރީނދޫ' ދުވުމަކީ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން، އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ފުރިހަމަ އިންތިޒާމްތަކާއެކު ކުރިއަށް ގެންދާނެ ދުވުމެއް ކަމަށް ވިދާޅުވެ, އެ ދުވުމުގައި އެންމެން ވެސް ބައިވެރިވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ދައުވަތު ދެއްވައިފިއެވެ.
އެމްޑީޕީގެ 'ރަންރީނދޫ' ދުވުން އެންމެ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ ހުކުރު ދުވަހެވެ.
ނަމަވެސް ހުޅުމާލެ ސެންޓްރަލް ޕާކުގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ހުއްދަ ދީފައިނުވުމުގެ ސަބަބުން އެ ދުވުން މާލޭ މަޖީދީ މަގުގައި ބޭއްވުމަށް އެ ޕާޓީން ނިންމިއެވެ.