10 އަހަރުން ހައްލުނުވި މަނަދޫގެ ނަރުދަމާ މައްސަލައަށް ދޮޅު އަހަރުން ދާއިމީ ހައްލެއް ގެނެސްދޭނަން: ރައީސް

ސަން

21 ޖުލައި 2025 | ހޯމަ | 11:25

ދިހަ އަހަރުވިއިރު ނ. މަނަދޫ ރައްޔިތުން ތަހައްމަލުކުރަމުންދިޔަ ނަރުދަމާގެ މައްސަލަ ދޮޅު އަހަރުތެރޭ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ.

ނ. އަތޮޅަށް މިވަގުތު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިރޭ މަނަދޫގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ މިއަދާ ހަމައަށް ސަރުކާރުން އައީ ބޭރުގެ ދަރަނިތައް އަދާކުރަމުން، ފައިސާ ޗާޕުކުރުމެއް ނެތި، އިގްތިޞާދީ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ގިރާކުރުމަށްފަހު ކަމަށެވެ.

ނަމަވެސް މި އަހަރާއި އަންނަ އަހަރު، ވަކިވަކި ރަށްރަށަށް ވަޑައިގެން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވަނީ އަރުވައިފައެވެ.

މައުޟޫޢުތަށް