މާލެއިން ކަރަންޓު ކެނޑުމުން "ކާރިސާއަކަށް"، އައްޑޫ ވީމާ ދެވަނަ ދަރަޖައަށް ހެދުން ބަލައިނުގަނެވޭ: ނިޒާރު

ސަން

21 ޖުލައި 2025 | ހޯމަ | 11:56

އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ނުވެ ދެ އަހަރުވާން ކައިރިވެފައި ވާއިރު އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮނިޔަތެއް އޮތްކަމަށް ގަބޫލު ކުރާނެ ތަނެއް ނުފެންނަކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު މުޅި އައްޑޫން ކަރަންޓު ކެނޑުމަށްފަހު މައްސަލަ ހައްލުނުވެ، އިއްޔެއާއި މިއަދު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ވަނީ ކެނޑިފައެވެ.

ސޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓު ނެތި އަނެއްކާ ވެސް ދަނީ 'މުސީބާތުގެ ހާލަތު' ތަހައްމަލު ކުރަމުން ކަމަށެވެ. ގަޑިއިރަކުން ގަޑިއިރަކުން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުންދާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބި، އާންމު ޚިދުމަތްތަކަށް ހުރަސް އެޅެމުންދާ ކަމަށެވެ.

މައުޟޫޢުތަށް