ޚަރަދު ބޮޑުވާނެ، މާ ގިނައިން ޚިޔާލު ހޯދުމުގެ ވޯޓު ނަގައިފާނެކަމުގެ ކަންބޮޑުވުން
ސަން
22 ޖުލައި 2025 | އަންގާރަ | 1:27
ރައްޔިތުންގެ މެދުގައި ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަކީ ބޮޑެތި ޚަރަދުތަކެއް ހިނގާނެ ކަމެއް ކަމަށާއި އަހަރެއްގެ މައްޗަށް ޚިޔާލު ހޯދުމުގެ ވޯޓު ނެގޭ އަދަދު ގާނޫނުގައި ބަޔާންކުރަން ސިޔާސީ ޕާޓީތަކުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެއެވެ.
ސަރުކާރުގެ ފަރާތުން "ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު"ގެ ނަމުގައި ބިލެއް ހުށަހެޅީ، ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި، ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުންނެވެ.
މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.