ހަށިވިއްކާކަމުގެ ތުހުމަތުގައި އައްޑޫން ދެ މީހުން ހައްޔަރުކޮށްފި

ސަން

22 ޖުލައި 2025 | އަންގާރަ | 3:28

އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫސިޓީ މީދޫގައި ''ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ'' ގެ ނަމުގައި ހިންގަމުންދާ ތަނެއްގައި ހަށިވިއްކާމަށް ލިބުނު މައުލޫމާތާ ގުޅިގެން އޮޕަރޭޝަނެއް ހިންގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / އާބާދީމަންޒިލް، ނަވާލް ޙުސައިން (25އ) އާއި ޔޮންލައްޑާ ސުކްސުވަންގް، ތައިލޭންޑް (36އ) އެވެ.

މައުޟޫޢުތަށް