މާލެއާއި ހުޅުމާލޭގައި ވަގުފް އިމާރާތްތައް އަޅާނެ ބަޔަކު ހޯދަނީ
ސަން
22 ޖުލައި 2025 | އަންގާރަ | 9:39
މާލެއާއި ހުޅުމާލޭގައި ވަގުފް އިމާރާތްތައް އަޅާނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އަނެއްކާ ވެސް އިއުލާނުކޮށްފިއެވެ.
އެއީ މާލޭގައި ބިނާކުރާ 'ދާރުލް އަރްގަމް' ވަގުފް އިމާރާތާއި، ހުޅުމާލޭގައި ބިނާކުރާ 'ދާރުލް ސަލާމް' ވަގުފް އިމާރާތެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އެ އިމާރާތްތައް އަޅަން ބީލަމުގައި ބައިވެރިވާން އެދޭ ނަމަ މިމަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ރަޖިސްޓްރީކުރުމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށާއި، ރަޖިސްޓްރީ ނުކުރާނަމަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.