ޒަކިއްޔާގެ މަރު ފުރިހަމައަށް ތަހުގީގުކޮށް، އިންސާފު ހޯދައިދޭން ރައީސްގެ އަރިހުގައި އާއިލާއިން އެދިއްޖެ

ސަން

22 ޖުލައި 2025 | އަންގާރަ | 9:02

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމުތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ކަން ހިނގާދިޔަގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، އިންސާފު ގާއިމު ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އާއިލާގެ ފަރާތުން މިއަދު އެދިއްޖެއެވެ.

ރައީސް މުއިއްޒު މިވަގުތު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ހޮޅުދޫއަށް ޒިޔާރާތްކުރެއްވިއިރު، ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިންސާފަށް ގޮވާލައި އެއްވެ ތިބި ރައްޔިތުންނާ ވަނީ ވަކިން ބައްދަލުކުރައްވައިފައެވެ. އޭގެ ތެރޭގައި ޒަކިއްޔާގެ އާއިލާގެ މީހުން ވެސް ހިމެނެއެވެ.

ހޮޅުދޫ ކައުންސިލް އިދާރާގެ ކުރިމަތީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ މީހުންގެ ހުރިހާ ވާހަކަތަކެއް އަޑު އައްސަވާފައެވެ.

މައުޟޫޢުތަށް