ވިހަފަރު ފަޅުގައި ތަރައްގީކުރާ އެއާޕޯޓު އަންނަ އަހަރު ފަށައި، ދޮޅު އަހަރުން ނިންމާނަން: ރައީސް
ސަން
22 ޖުލައި 2025 | އަންގާރަ | 10:58
ނ. އަތޮޅު ވިހަފަރު ފަޅުގައި ތަރައްގީކުރާ އެއާޕޯޓު، އަންނަ އަހަރުގެ ކުރީކޮޅު ފަށައި، ދޮޅު އަހަރުތެރޭ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ކުރީކޮޅު ރާއްޖޭގައި އިތުރު އެއާޕޯޓުތައް ތަރައްގީކުރާނެ ރަށްތައް ރައީސް ކަނޑައެޅުއްވިއިރު، ވިހަފަރު ފަޅަކީ އޭގެ ތެރެއިން އެއް ތަނެވެ.
ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިރޭ ވިދާޅުވީ ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ އޮންނަ ސަރަހައްދަށް އިތުރު އެއާޕޯޓެއް ބޭނުންވާ ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ގާތްގަނޑަކަށް 30 މިނެޓުން ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓްތައް ގާއިމުކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.