ހުޅުމާލޭ ޗެނަލްގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ފަށައިފި
ސަން
22 ޖުލައި 2025 | އަންގާރަ | 11:59
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ފަށައިފިއެވެ.
އެޗްޑީސީން ބުނީ މި ހަރަކާތް ފެށީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި)ގެ ބައިވެރިވުމާއެކު ކަމަށެވެ.
އެގޮތުން ހުޅުމާލޭގެ އިރުމަތީ ފަރުން ވަކި ބާވަތެއްގެ މުރަކަ ނަގައިގެން، ޗެނަލްގައި މުރަކަ އިންދުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު ކަމަށް އެޗްޑީސީން ބުންޏެވެ.