ނަޝީދާއި ފައްޔާޒް އެކުގައި ކައުންސިލް އިންތިޚާބުގެ ކެމްޕޭންގައި

ސަން

23 ޖުލައި 2025 | ބުދަ | 11:31

މި ފަހުން އެނބުރި އެމްޑީޕީއަށް ސޮއިކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެމްޕޭން ފައްޓަވައިފިއެވެ.

ކުރިން ވަރަށް ބޮޑަށް ހިޔާލުތަފާތުވި ނަމަވެސް، ނަޝީދާއި ފައްޔާޒް އެކުގައި މަސައްކަތްކުރައްވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ދެ ބޭފުޅުން ރޭ ވަނީ އެމްޑީޕީގެ ބައެއް ސަޕޯޓަރުންނާ ބައްދަލުކުރައްވައިފައެވެ. އެނގިފައިވާ ގޮތުގައި އޯޓީޕީ ރެސްޓޯރެންޓުގައި ބޭއްވި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ގުޅޭ ގޮތުންނެވެ.

މައުޟޫޢުތަށް