ޖިންސީ ގޯނާގެ ކުށް ގިނަ ނަމަވެސް، ރޭޕް ކިޓް ހުރީ ހަމައެކަނި ދެ ހޮސްޕިޓަލެއްގައި

ސަން

23 ޖުލައި 2025 | ބުދަ | 5:44

ރޭޕް މައްސަލައެއް ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި، އަނިޔާ ލިބުނު މީހާ ނުވަތަ ކުއްޖާގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގަން ބޭނުންކުރާ ރޭޕް އެވިޑެންސް ކިޓް މިވަގުތު ހުރީ ރާއްޖޭގެ އެންމެ ދެ ހޮސްޕިޓަލުގައި ކަމަށް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި އެފްޕީއޭގެ މިދިޔަ އަހަރުގެ ރިޕޯޓާއި، ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ތައްޔާރުކޮށްފައިވާ މިދިޔަ އަހަރުގެ ރިޕޯޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެ އިދާރާގެ ސީއީއޯ އާމިނަތު ޝިރާނީ ނައީމް ވިދާޅުވީ، އެ އިދާރާއަށް ހުށަހަޅާ މައްސަލަތަކުގެ ގާތްގަނޑަކަށް އަށް މައްސަލައިގެ ތެރެއިން އެއް މައްސަލައަކީ ޖިންސީ ގޯނާގެ މައްސަލަތައް ކަމަށެވެ.

އޭނާ ވިދާޅުވީ، ރޭޕް އެވިޑެންސް ކިޓް މި ވަގުތު ހުރީ ހަމައެކަނި ހުޅުމާލެ ހޮސްޕިޓަލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އެކަނި ކަމަށެވެ. އަދި، އަނިިޔާ ލިބޭ މީހުންގެ ރައްކާތެރިކަން އެންމެ އިސްކޮށްގެން މަސައްކަތް ކުރިއަށްގެންދަން ތަމްރީނުކޮށްދޭ ވިކްޓިމް ސެންޓްރިކް އެންޑް ޓްރޯމާ އިންފޯމްޑް ޓްރެއިނިން ހަދާފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިއެއް އެކަނި ކަމަށް ޝިރާނީ ވިދާޅުވިއެވެ.

މައުޟޫޢުތަށް