ފަތުރުވެރިންނާ މުއާމަލާތުކުރަން، މާފުށީ ކައުންސިލާއި މުއައްސަސާތަކުން ޗައިނާ ބަސް ދަސްކުރަނީ
ސަން
23 ޖުލައި 2025 | ބުދަ | 10:05
ކ. މާފުށްޓަކީ ޗައިނާގެ ގިނަ އަދަދެއްގެ ފަތުރުވެރިން އަރާ ރަށަކަށް ވުމުން، ޗައިނާ ބަހުން ވާހަކަދައްކަން އެނގޭ މީހުން ކައުންސިލާއި އެހެނިހެން ޚިދުމަތްދޭ މުއައްސަސާތަކުގައި ތިބުން މުހިންމުކަމަށް ބުނެ މާފުށި ކައުންސިލުން އިސް ނަގައިގެން ވިލާ ކޮލެޖުގެ ޗައިނީސް ލެންގުއޭޖް ސެންޓަރާއެކު ކޯސްތަކެއް ފަށައިފިއެވެ.
އެގޮތުން ބޭއްވި ފުރަތަމަ ކޯސް މިއަދު ވަނީ ނިންމާލައިފައެވެ.
ފުރަތަމަ ކޯސް ކުރިއަށް ގެންދިޔައީ މާފުށީގެ އެކި މުއައްސަސާތައް ކަމަށްވާ މާފުށި ކައުންސިލް، މާފުށި ހޮސްޕިޓަލް، މާފުށި ޕޮލިސް، މާފުށި ސްކޫލް އަދި މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑަށް އަމާޒުކޮށްގެންނެވެ.