ވެލިދޫގައި ގާއިމުކުރާ ހޮސްޕިޓަލާއި ރިހެބް ސެންޓަރުގެ މަސައްކަތް ފަށައިފި

ސަން

23 ޖުލައި 2025 | ބުދަ | 10:20

ނ. އަތޮޅު ވެލިދޫގައި ގާއިމުކުރާ ފުރަތަމަ ހޮސްޕިޓަލާއި، ކޮމިއުނިޓީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވެލިދުއަށް ވަޑައިގެން ހޮސްޕިޓަލާއި ރިހެބް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވަނީ ޝަރަފުވެރިކޮށްދެއްވައިފައެވެ.

ސިއްހީ މަރުކަޒެއް ހުންނަ އެ ރަށުގައި އަލަށް އަޅާ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި އެ މަސައްކަތް ހަވާލުކުރި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިނެވެ. އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 108 މިލިއަން ރުފިޔާއަށެވެ.

މައުޟޫޢުތަށް