ޖަނަވަރީ މަހު ވެލިދޫގައި ސީޕްލޭންގެ ދަތުރުތައް ފަށައިދޭނަން: ރައީސް
ސަން
24 ޖުލައި 2025 | ބުރާސްފަތި | 12:48
އަންނަ އަހަރުގެ ޖަނަވަރީ މަހު ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކުރައްވައި ސީޕްލޭންގެ ޚިދުމަތް ފައްޓަވައި ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ވިހަފަރުގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ބާރު ދުވެލީގައި ގޮސް ނިންމާލުމަށް ކަނޑައަޅުއްވާފައި ވިޔަސް، ވެލިދޫއަށް ޚާއްސަކޮށްގެން ސީޕްލޭންގެ ޚިދުމަތް ފައްޓަވާނެ ކަމަށެވެ.
ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ހައްދަވައި ނިންމަވާނެ ކަމަށް ރައީސް ވިދާޅުވީ، އެ އެއާޕޯޓަށްވުރެ ކުރިން އަންނަ ޖަނަވަރީ މަހެވެ. ރޭ، ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ ވިހަފަރު ފަޅުގައި އަޅާ އެއާޕޯޓު ދޮޅު އަހަރުން ނުވަތަ ދެ އަހަރުން ނިންމަވައިދެއްވާނެ ކަމަށެވެ.