ލޭ ޕެކެޓެއް 7،000 ރުފިޔާއަށް ވިއްކަންއުޅުނު މައްސަލަ ބަލަނީ

ސަން

24 ޖުލައި 2025 | ބުރާސްފަތި | 5:13

'އޯ ޕޮޒިޓިވް' ލޭ ޕެކެޓެއް 7،000 ރުފިޔާއަށް ވިއްކަން އަގުކީ މައްސަލައެއް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ބަލަން ފަށައިފިއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ޗެޓު ލޮގެއްގައި މީހަކު ވަނީ ދެ ކިޑްނީ ފެއިލްވެފައިވާ ބަލި މީހަކަށް 'އޯ ޕޮޒިޓިވް' ލޭ ބޭނުންވާކަން އިއުލާނުކޮށްފައެވެ. ނަމަވެސް ލޭ ހަދިޔާކުރުމުގެ ބަދަލުގައި މިހަކު ވަނީ ލޭ ޕެކެޓަކަށް 7،000 ރުފިޔާގެ އަގެއް ކިޔާފައިވެއެވެ.

މި ޗެޓްލޮގުން ފެންނަގޮތުގައި ލެއަށް އެދުނު މީހާ ވަނީ އެއަގަށް ލޭ ގަތުމުގެ ތަނަވަސްކަން ނެތްކަމަށް ބުނެފައެވެ.

މައުޟޫޢުތަށް