ރާއްޖޭން އިންޑިއާއަށް ދައްކަންޖެހޭ ދަރަނިން 40 ޕަސަންޓު ލަސްކޮށްދީފި

ސަން

25 ޖުލައި 2025 | ހުކުރު | 8:32

ރާއްޖެއިން ކޮންމެ އަހަރަކު އިންޑިއާއަށް ދައްކަންޖެހޭ ލޯނު 40 ޕަސަންޓު ލަސްކޮށްދޭން އިންޑިއާއާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެ ވަޑައިގަތުމަށް ފަހުއެވެ.

އިންޑިއާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ ފޮރިން ސެކެޓްރީ ވިކްރަމް މިސްރީ ވިދާޅުވީ، ރާއްޖެއިން އިންޑިއާއަށް ދޫކުރި ޑޮލަރު ލައިން އޮފް ކްރެޑިޓްގެ ދަށުން އަދާކުރަންޖެހޭ ލޯނުގެ 40 ޕަސަންޓު ލަސްކޮށްދީފައިވާ ކަމަށެވެ. މި ބަދަލާއެކު ރާއްޖެއިން އިންޑިއާއަށް އަހަރަކު ދައްކަންޖެހޭ 51 މިލިއަން ޑޮލަރު، 29 މިލިއަން ޑޮލަރަށް ކުޑަވާނެއެވެ.

މައުޟޫޢުތަށް